ދަރިވަރުންގެ މަޖައްލާ

ރަށްވެހިކަމުގެ އާދަކާދަ

الرئيسيةތިމާވެއްޓާއި މުޖުތަމަޢުރަށްވެހިކަމުގެ އާދަކާދަ

ސަބްސްކުރައިބު

މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ އާދަކާދަތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަހާއެކެވެ. އެއީ ހަމައެކަނި އާދަތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކާއި އަޚްލާޤީ މިންގަނޑުތައް ހާމަކޮށްދޭ ދިރިހުރި މިސާލުތަކެކެވެ. މި މަޒުމޫނުގައި ކުރީގެ ދިރިއުޅުމުގެ ބައެއް އާދަކާދަތަކާއި މިހާރު އެކަންތައްތައް ބަދަލުވެފައިވާ ގޮތް ތަކުގެ މައްޗަށް ބަލައިލާނަމެވެ.

ކުރީޒަމާނުގައި ދިވެހިންގެ ދިރިއުޅުން ބައްޓަން ވެަފައި އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ. އެދުވަސްވަރު ކެއުމުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށްވެސް އެކުވެރި އާއިލީ އަދި ރައްޓެހިކަމުގެ ރޫޙެއްގައެވެ. ގިނަ ފަހަރު، އެއް ތަށިން ނުވަތަ އެއް ބޮޑު ސުފުރާއެއްގެ ވަށައިގެން އެންމެން އެކުގައި ކައިބޮއި ހަދައެވެ. މިއީ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރި ކަމެކެވެ. ކާނާގެ ބާވަތްތައްވެސް ތަފާތެވެ. ޚާއްޞަކޮށް ބިންބިއަކީ އެދުވަސްވަރު ވަރަށް އާންމުކޮށް ކެއުމަށް ބޭނުންކުރި އެއްޗެކެވެ. ބިންބި މުގުރައިގެން އެއިން ބަތްޕެނާއި ހުނިހަކުރު ފަދަ ތަފާތު ކާނާ ތައްޔާރުކުރިއެވެ. މިއީ ގަސްގަހާގެހި ބޭނުންކޮށްގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދި ގޮތުގެ މިސާލެކެވެ.

އަވަށްޓެރި ގުޅުންތަކަކީ އެދުވަސްވަރު ދިވެހި މުޖުތަމަޢުގެ ވަރަށް ވަރުގަދަ އަސާސެކެވެ. އެއް ގެއިން އަނެއް ގެއަށް ގަރުދިޔަ ބަލާދިޔުމަކީ ވަރަށް އާންމު ކަމެކެވެ. އެއްފަހަރަކު މަސް ނުލިބި، ގަރުދިޔަ ކައްކާނެ ގޮތެއް ނެތިއްޖެނަމަ، އަވަށްޓެރި ގޭގެއަށް ގަރުދިޔަ ބަލާ ދިއުމަކީ އާއްމުކަމެކެވެ. ހަމައެފަދައިން، ޖެހިގެން ހުންނަ ގޭގެ ބަތް ހުސްވެގެން ތެލީގެ ފޫ ކަހާލަ އިވިއްޖެނަމަ، ގެއިން ލިބެންހުންނަ ކާއެއްޗެހި ދިޔުމަކީވެސް ވަރަށް އާންމު ރީތި އާދައެކެވެ. މިއީ ހަމައެކަނި ކާނާ ބަދަލުކުރުމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ އާދަކާދައިގެ ތެރެއިން އެކުވެރިކަމާއި، އަޅާލުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫޙު ދައްކުވައިދޭ ކަންތައްތަކެވެ.

ނަމަވެސް، މިހާރު މި ހުރިހާ ކަމަކަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ޒަމާނީ ތަރައްޤީއާއި، ދިރިއުޅުމުގެ ފަސޭހަތަކާއެކު، ކުރީގެ ބައެއް އާދަކާދަތައް ވަނީ ނެތިގެން ގޮސްފައެވެ. މިހާރު ގިނަ ބަޔަކު ކައިބޮއި ހަދަނީ އަމިއްލަ ވަކިވަކި ގޮތްގޮތަށެވެ. ބިންބި ފަދަ ތަކެތި ބޭނުންކުރުން ވަރަށް މަދުވެފައި، އެތައް ބާވަތެއްގެ ކެއުންތައް ބޭރުން އިމްޕޯޓުކުރެއެވެ. އަވަށްޓެރި ގުޅުންތައްވެސް ކުރީ ޒަމާނުގައިވަރަށް ވަރުގަދައެވެ. ގަރުދިޔަ ބަލާ ދިޔުމާއި، ބަތްތާހުގެ ފޫކަހާލާއަޑަށް ބަތް ގެންދިޔުމަކީ މިހާރު ގާތްގަޑަކަށް ނެތިގޮސްފައިވާ ކަންތައްތަކެވެ. ޒަމާނީ ފިހާރަތަކާއި މާކެޓުތައް ގިނަވެ، ކާނާ ފަސޭހައިން ލިބެން ހުރެއެވެ. ރާއަރައި ހަކުރު ކެއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ވަރަށް މަދުވެ ނެތުމުގެ މަގުމަތީގައެވެ. ނަމަވެސް ބައެއް ރަށްރަށުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ރާއަރައި، ދިޔާހަކުރު ކައްކައެވެ. އާއްމްދަނީ ހޯދުމުގެ މަސައްކަތްތައް ބަދަލުވެ، ފަތުރުވެރިކަމާއި، އޮފީސް މަސައްކަތްތައް ފަދަ ޒަމާނީ ދާއިރާތަކަށް ވަނީ ބަދަލުވެފައެވެ.

Copyright © omadhoo School

ޑިޕްރެޝަނުން ސަލާމަތްވާނީ ކިހިނެއް

ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް ބަޔަކަށް ކުރިމަތިވެދާނެ ބައްޔެކެވެ. މިކަމަށް މަގުފަހިވަނީ މީހުން މާ ބޮޑަށް ވިސްނީމައެވެ. ދުނިޔޭގެ އެތައް ބައެއް...

ޑިޕްރެޝަނުން ސަލާމަތްވާނީ ކިހިނެއް

ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް ބަޔަކަށް ކުރިމަތިވެދާނެ ބައްޔެކެވެ. މިކަމަށް މަގުފަހިވަނީ މީހުން މާ ބޮޑަށް ވިސްނީމައެވެ. ދުނިޔޭގެ އެތައް ބައެއް ޑިޕްރެޝަނަށް ދެއެވެ. އެހެންކަމުން ޑިޕްރެޝަނުން ސަލާމަތްވާނެ ގޮތުގެ އިރުޝާދު މި ލިޔުމުގައި...

ޤައުމީ ދުވަހުގެ ބަޠަލް- އުތީމު ބޮޑުތަކުރުފާނު

ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޙުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް އަމިއްލަ މިނިވަން ލިބިފައިވާ...

ބަހަބަރު ވޮލިއުމް 1

މިއަދުގެ ހޫނު ޚަބަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކުރަފި ރާއްޖޭގެ މަޝްރަހުން، މި ސުރުހީއަށް..... ދެހާސް ބައްދިޅީސް ވަނަ ރިޔާސީ ދުވެލީގައި ވާދަކުރައްވާ ބަހުސްގައި ބައިވެރިވެ އަލިފާން ނިއްވާ ތަކުރު ތަކުރާރުކޮށް ވިދާޅުވި...

މަދިރީގެ ހަމަލާ

ދުނިޔެ މައްޗަށް އަނދިރިވެ، އިރުއޮއްސެނީއެވެ. އަލީ އާއި އޭނާގެ އެކުވެރިން އަލިފާނުގެ ވަށައިގެން އިށީނދެލައިގެން ތިއްބެވެ. މެދުކެނޑުމެއްނެތި މަދިރިތައް އެމީހުންނަށް އުނދަގޫކުރާތާ އެއްގަޑިއިރު ވަނީއެވެ. އިރުއޮއްސި އަނދިރިވަމުން އަންނަވަރަކަށް މަދިރިތަކުގެ އުނދަގޫ އިތުރުވަމުންދިޔައެވެ. ހަމައެވަގުތު، އެދިމާލަށް...

يعني التعليق على هذه المشاركة أنك توافق على شروط الخدمة . هذه اتفاقية مكتوبة يمكن سحبها عندما تعبر عن موافقتك على التفاعل مع أي جزء من هذا الموقع.

ترك الرد

من فضلك ادخل تعليقك
من فضلك ادخل اسمك هنا

ޑިޕްރެޝަނުން ސަލާމަތްވާނީ ކިހިނެއް

ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް ބަޔަކަށް ކުރިމަތިވެދާނެ ބައްޔެކެވެ. މިކަމަށް މަގުފަހިވަނީ މީހުން މާ ބޮޑަށް ވިސްނީމައެވެ. ދުނިޔޭގެ އެތައް ބައެއް ޑިޕްރެޝަނަށް ދެއެވެ. އެހެންކަމުން ޑިޕްރެޝަނުން...

ޤައުމީ ދުވަހުގެ ބަޠަލް- އުތީމު ބޮޑުތަކުރުފާނު

ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޙުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ...

ބަހަބަރު ވޮލިއުމް 1

މިއަދުގެ ހޫނު ޚަބަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކުރަފި ރާއްޖޭގެ މަޝްރަހުން، މި ސުރުހީއަށް..... ދެހާސް ބައްދިޅީސް ވަނަ ރިޔާސީ ދުވެލީގައި ވާދަކުރައްވާ ބަހުސްގައި ބައިވެރިވެ...

މަދިރީގެ ހަމަލާ

ދުނިޔެ މައްޗަށް އަނދިރިވެ، އިރުއޮއްސެނީއެވެ. އަލީ އާއި އޭނާގެ އެކުވެރިން އަލިފާނުގެ ވަށައިގެން އިށީނދެލައިގެން ތިއްބެވެ. މެދުކެނޑުމެއްނެތި މަދިރިތައް އެމީހުންނަށް އުނދަގޫކުރާތާ އެއްގަޑިއިރު ވަނީއެވެ. އިރުއޮއްސި އަނދިރިވަމުން...
spot_img