ދަރިވަރުންގެ މަޖައްލާ

ދަ-007

ސަބްސްކުރައިބު

އަހަރެންނަށް ހޭލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. ވަގުތުން ފުންމައިގެން ތެދުވެ މޫނުދޮވެ ދަތް އުނގުޅައި ހަދައިގެން ޔުނީފޯމް ލައި ތައްޔާރުވާން ފެށީމެވެ. އަހަރެންނަކީ ސިފައިންގެ ނެވިންގައި މަސައްކަތްކުރާ ސަބްމެރީން އޮޕެރޭޓަރެކެވެ. މިއަދަކީ އަހަރެންނަށް ވަރަށް މުހިންމު ދުވަހެކެވެ. ހަތެއް ޖަހަންވާއިރަށް ދާން ޖެހޭނެއެވެ. ނުގޮސްފިނަމަ ހަރުކަށި އަދަބު އަންނާނެއެވެ.            

އަހަރެން ތައްޔާރުވެގެން ކާރަށް އަރައިގެން ސަބްމެރިން ޕޯރޓަށް ދިޔައީމެވެ. އޭރު އެއްބައި އޮފިސަރުން އައިސް ތިއްބެވެ. އަހަރެން ސަބްމެރިންނަށް އަރައި އެތެރޭގެ ކަރަންޓު ހިންގައިލީމެވެ. ނޫ ބޮކި ތަކާއި ރަތް ބޮކިތަކުން ސަބްމެރިންގެ އެތެރެ ދިއްލިގެން ދިޔައެވެ. އަހަރެން  އޮޕަރޭޓަރުގެ ސީޓުގައި އިށީންދެ އިންޖީނު ހިންގައިލީމެވެ. އިންޖީނުގެއެއްގެ އިންޖީނެކޭ އެއްގޮތަށް ޕިސްޓަނުތައް ތެޅޭ އަޑުން މުޅި ސަބްމެރިން ތެޅިގެންފިއެވެ. އޭރު ހުރިހާ އޮފިސަރުން ވެސް ސަބްމެރިންއަށް އަރައި ހަމަޖެހިއްޖެއެވެ. އެހެންވެ އަހަރެން ދަތުރަށް ފެށީމެވެ.އަހަރެމެންގެ މިދަތުރުގެ މިޝަން އަކީ ނޯރތް ޕޮލްގައި ތިބި ނޭވީ އޮފިސަރުން ސަލާމަތް ކޮއްގެން ގެނައުމެވެ.

2 ގަޑިއިރުން އެތަނަށް ލެފިއްޖެއެވެ. އައިސް ޝީޓުތައް މުގުރަމުން ސަބްމެރިން އެތެރެއަށް ވަންނަމުން ގޮސް ހުއްޓުނެވެ. ދެން އިތުރަކަށް ކުރިއަކަށް ނުދިޔައެވެ. ވީ ގޮތް ބެލުމަށް އެއްބަޔަކު ބޭރަށް ނުކުތެވެ. ސަބްމެރިން ވަނީ ބޮޑު ހިލަ ގަނޑެއްގައި ޖެހިފައެވެ. އެ ހިލައިގައި ދަގަތްފާނުގެ ބާރު ހުންނާތީ ސަބްމެރިންގެ ކަރަންޓު ދިޔައީއެވެ. ދެން ކުރާނެކަމެއް ނެތްތާއެވެ. މި ފިނި ބައްރުގައި ސަލާމަތް ވާނީވެސް ކިހިނަކުން ބާއެވެ.

މިހެންދިމާވުމުން އަހަރެމެން ސަބްމެރިންގެ އެތެރޭގައި މައްސަލަ ހައްލު ކުރެވޭތޯ ބެލީމެވެ. އެއްބަޔަކު އުޅުނީ ސެޓަލައިޓް ސިގްނަލް ހޯދޭތޯއެވެ. މިހެން އުޅޭތާ 2 ދުވަސް ވީ އިރުވެސް ކާމިޔާބު ވާގޮތެއްނުވިއެވެ. އެކަކު ފިނި ވެގެން މަރުވެސް ވެއްޖެއެވެ. މަރުވި މީހާ ހިނަވައި ކަފުން ކޮއްފައި ބޭއްވީއެވެ. 3 ވަނައަށްވީ ދުވަހުގައި ގޮތްނޭންގޭ ”ފްރެކުއެންސީ“ އަކުން ސިގުނަލް ލިބޭން ފެށިއެވެ. ސިގުނަލް ދެރަކަމުން ލިބިފައި ގެއްލެނީއެވެ. އަހަރެމެންގެ ތެރެއިން އެކަކު އެ ހިލަގަނޑުން ކަރަންޓު ހޯދޭނެ ގޮތެއް ފެނޭތޯ ބެލިއެވެ. ކުރެވުނު ގިނަ މަސައްކަތްތަކުން ހިލަގަނޑުގައިވާ ދަގަތްފާނު ބާރު ބޭނުންކޮއްގެން ކަރަންޓު އުފެއްދުނެވެ. އެ ކަރަންޓާއި ސަބްމެރިންގެ ސިގްނަލް ބޭނުންކޮއްގެން ސަބްމެރިން އެންޓެނާއަށް ކަރަންޓު ދިނީމެވެ. އޭގެ ސިގްނަލް ބޭނުން ކޮއްގެން ވޮއިސް މެސެޖެއް ސެޓަލައިޓަށް ހިއްސާކުރެވުނެވެ.

އަހަރެމެން ކުރަމުން ދިޔަ މަސައްކަތްތަކުން އަދި ކާމިޔާބެއް ނުލިބެއެވެ. ދެން އޮތީ ނަސީބެވެ. އެ ސެޓަލައިޓަށް ފޮނުވި މެސެޖު އަހަރެމެންގެ ގައުމުގެ މިލިޓަރީ ޓަވަރަށް ދިޔަ ކަމެއް ނޫން ކަމެއް ނޭނގެއެވެ. އިތުރު 4 ދުވަސް ވީ އިރު ވެސް ކާމިޔާބެއް ނުލިބެއެވެ. އިތުރު 2 މީހުން ބަނޑަށް މަރުވީއެވެ. ސަބްމެރިންގެ ކާއެއްޗެހި ހުންނަ ހިސާބު ހުރީ ބަންދުވެފައެވެ. އެތަން ހުޅުވެނީ ވަރަށް ގިނައިން ކަރަންޓު ޖެނެރޭޓުކޮއްގެންނެވެ.

އަހަރެން ދެން ބެލީ އިތުރަށް ކަރަންޓު ގެނެވޭތޯއެވެ. ގިނަ ވަގުތުތަކެއްގެ މަސައްކަތަކަށްފަހު ކަރަންޓުލިބުނެވެ. ހަމައެކަނި ހުޅުވޭވަރުވީ ނިދާ އެނދުތައް ހުރި ހިސާބެވެ. ކިހާދެރަހެއްޔެވެ؟

9 ވަނަ ދުވަހު ހެނދުނެވެ. އިތުރު 2 ސަބްމެރިން އަންނަތަން ފެނުނެވެ. އަންނަމުން އައިސް މަޑު ކުރީ އަހަރެމެންގެ ސަބްމެރިން އާއި ތަންކޮޅެއް ކައިރީގައެވެ. އަހަރެމެންނަށް އެއީ ކޮންބައެއްކަން އެނގުނީ ސަބްމެރިންގެ ނަމްބަރުންނެވެ. އެއީ ސަލާމަތް ކުރަން އައި މީހުންނެވެ. އެ 2 ސަބްމެރިންއަށް މީހުން އަރުވައިގެން އެ ހިލަގަނޑު ފަހަތުން ޖަހައިގެން ދިޔައީ ސީދާ އަހަރެމެންގެ ޤައުމަށެވެ. އެތައް ދުވަހެއްގެ ކެކުޅުންތަކަކަށް ފަހު ސަލާމަތް ވީ އެވެ. ކާނެ އެއްޗއް ލިބުނީ ރަށަށް ދިޔަ ފަހުންނެވެ. އަހަރެމެން ގެނައި ހިލަގަނޑު ވީ ޖައްވީ ހިލައަކަށެވެ. އެ ހިލައިގެ ސަބަބުން އަހަރެމެން މަޝްހޫރުވި އެވެ. އަދި މިއަދާ ހަމައަށް ޖެހެންދެން ވެސް އެންމެ ބޮޑު ޖައްވީ ހިލައަކަށް ވެފައި ވަނީ އަހަރެމެން އެއަށް ނަން ދިން ”007“ އެވެ.

          (ނިމުނީ)

Copyright © omadhoo School

ޑިޕްރެޝަނުން ސަލާމަތްވާނީ ކިހިނެއް

ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް ބަޔަކަށް ކުރިމަތިވެދާނެ ބައްޔެކެވެ. މިކަމަށް މަގުފަހިވަނީ މީހުން މާ ބޮޑަށް ވިސްނީމައެވެ. ދުނިޔޭގެ އެތައް ބައެއް ޑިޕްރެޝަނަށް ދެއެވެ. އެހެންކަމުން ޑިޕްރެޝަނުން ސަލާމަތްވާނެ ގޮތުގެ އިރުޝާދު މި ލިޔުމުގައި...

ޤައުމީ ދުވަހުގެ ބަޠަލް- އުތީމު ބޮޑުތަކުރުފާނު

ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޙުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް އަމިއްލަ މިނިވަން ލިބިފައިވާ...

ބަހަބަރު ވޮލިއުމް 1

މިއަދުގެ ހޫނު ޚަބަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކުރަފި ރާއްޖޭގެ މަޝްރަހުން، މި ސުރުހީއަށް..... ދެހާސް ބައްދިޅީސް ވަނަ ރިޔާސީ ދުވެލީގައި ވާދަކުރައްވާ ބަހުސްގައި ބައިވެރިވެ އަލިފާން ނިއްވާ ތަކުރު ތަކުރާރުކޮށް ވިދާޅުވި...

ރަށްވެހިކަމުގެ އާދަކާދަ

މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ އާދަކާދަތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަހާއެކެވެ. އެއީ ހަމައެކަނި އާދަތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކާއި އަޚްލާޤީ މިންގަނޑުތައް ހާމަކޮށްދޭ...

يعني التعليق على هذه المشاركة أنك توافق على شروط الخدمة . هذه اتفاقية مكتوبة يمكن سحبها عندما تعبر عن موافقتك على التفاعل مع أي جزء من هذا الموقع.

ترك الرد

من فضلك ادخل تعليقك
من فضلك ادخل اسمك هنا

ޑިޕްރެޝަނުން ސަލާމަތްވާނީ ކިހިނެއް

ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް ބަޔަކަށް ކުރިމަތިވެދާނެ ބައްޔެކެވެ. މިކަމަށް މަގުފަހިވަނީ މީހުން މާ ބޮޑަށް ވިސްނީމައެވެ. ދުނިޔޭގެ އެތައް ބައެއް ޑިޕްރެޝަނަށް ދެއެވެ. އެހެންކަމުން ޑިޕްރެޝަނުން...

ޤައުމީ ދުވަހުގެ ބަޠަލް- އުތީމު ބޮޑުތަކުރުފާނު

ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޙުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ...

ބަހަބަރު ވޮލިއުމް 1

މިއަދުގެ ހޫނު ޚަބަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކުރަފި ރާއްޖޭގެ މަޝްރަހުން، މި ސުރުހީއަށް..... ދެހާސް ބައްދިޅީސް ވަނަ ރިޔާސީ ދުވެލީގައި ވާދަކުރައްވާ ބަހުސްގައި ބައިވެރިވެ...

ރަށްވެހިކަމުގެ އާދަކާދަ

މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ އާދަކާދަތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަހާއެކެވެ. އެއީ ހަމައެކަނި އާދަތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ...
spot_img

ޤައުމީ ދުވަހުގެ ބަޠަލް- އުތީމު ބޮޑުތަކުރުފާނު

ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ ބޮޑު ފަޙުރަކީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. އަމިއްލަ މިނިވަންކަމެވެ. އަމިއްލަ ބާރާއި ގޮތްތަކެއް ހުރުމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް އަމިއްލަ މިނިވަން ލިބިފައިވާ...

ބަހަބަރު ވޮލިއުމް 1

މިއަދުގެ ހޫނު ޚަބަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކުރަފި ރާއްޖޭގެ މަޝްރަހުން، މި ސުރުހީއަށް..... ދެހާސް ބައްދިޅީސް ވަނަ ރިޔާސީ ދުވެލީގައި ވާދަކުރައްވާ ބަހުސްގައި ބައިވެރިވެ އަލިފާން ނިއްވާ ތަކުރު ތަކުރާރުކޮށް ވިދާޅުވި...