ހަވީރުގެ ވަގުތެއްގައި މީހުންނާއެކު މިނީވޭނެއް ކޭމްޕް ސައިޓުގެ އޮތް ހަމައެކަނި ހުސްޖާގައަށް ވަދެއްޖެއެވެ. އުޅަނދު ހުއްޓާލުމާއެކު، ދޮރުތައް ހުޅުވައި ހަތަރު ކުދިން އަވަސް އަވަހަށް ބޭރަށް ފުންމައިލަފިއެވެ.
އެމީހުން ތަކެތި ބޭލުމަށްފަހު ޓެންޓް ޖެހުމަށް ވަރަށް ބާރަށް މަސައްކަތް ކުރިއެވެ. ފިރިހެން ކުދިން ދަރު ހޯދަން ދިޔައިރު، އަންހެން ކުދިންނާއި އެކުދިންގެ މަންމަ، ކޭމްޕްގެ ކައްކާ ސަރަހައްދު ތައްޔާރު ކުރިއެވެ.
ޖެހިގެން އިން ކޭމްޕް ސައިޓްގެ މީހާ ކުދިންގެ ބައްޕައަށް ބުންޏެވެ. ”މިވަރުގެ ޓީމްވޯކެއް އަދި މިހާ އަވަހަށް ކޭމްޕެއް ތައްޔާރުވާތަން އަހަރެން ދުވަހަކުވެސް ނުދެކެން.“
ބައްޕަ އެ އަވަށްޓެރިޔާއަށް ބޯޖަހާލާފައި ބުންޏެވެ. ”އަހަރެންގެ ސިސްޓަމެއް އެބައޮތް. ކޭމްޕް ތައްޔާރުވެ ނުނިމެނީސް އެއްވެސް މީހަކަށް ފާޚާނާއަކަށް ނުދެވޭނެ.“

