ދުނިޔެ މައްޗަށް އަނދިރިވެ، އިރުއޮއްސެނީއެވެ. އަލީ އާއި އޭނާގެ އެކުވެރިން އަލިފާނުގެ ވަށައިގެން އިށީނދެލައިގެން ތިއްބެވެ.
މެދުކެނޑުމެއްނެތި މަދިރިތައް އެމީހުންނަށް އުނދަގޫކުރާތާ އެއްގަޑިއިރު ވަނީއެވެ. އިރުއޮއްސި އަނދިރިވަމުން އަންނަވަރަކަށް މަދިރިތަކުގެ އުނދަގޫ އިތުރުވަމުންދިޔައެވެ.
ހަމައެވަގުތު، އެދިމާލަށް އުދުހެމުން އަންނަ ފަޔާރފުލައިތައް ފެނުމާއެކު އަލީ ވަރަށް ހިތްހަމަނުޖެހިގެން ގޮވާލިއެވެ.
”މިދެން ކިހާ ދެރަކަމެއް! މިހާރު އެ އަންނަނީ ރޭނގަޑުވީމައި ބައްތިތައް ދިއްލައިގެން ލޭބޯން. އަދި އަންނަނީ ބޮޑު ލަޝްކަރެއް ވެސް ގޮވައިގެންނޭ!“

