ލީޑިންގް ޓީޗަރެއްގެ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމަކީ އދ.އޮމަދޫ ރަންދޯދިގެއަށް އުފަން އިބްރާހިމް ނިޝާމެވެ. 1982 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދުށް ނިޝާމް އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ " ނިއްޓު " ގެ ނަމުންނެވެ.
ނިޝާމް ޅަފަތުގެ ތައުލީމް ހާސިލް ކުރީ ގުރޭޑް ހައަކާ ހަމައަށެވެ. އެއީ އޮމަދޫ ސްކޫލުންނެވެ. އެދުވަސްވަރު އދ.އަތޮޅަށް ޚާއްސަކުރެވިގެން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ނެގެމުންދިޔަ އަތޮޅު ޓެސްޓުން އެއްވަނަ ހޯދައި، ނިޝާމްވަނީ މުޅި އޮމަދޫ ފަޚުރުވެރިކުރުވާފައެވެ. އދ.އަތޮޅު ތައުލީމީ މަރުކަޒުން ސާނަވީ ތައުލީމު ނިންމި ނިޝާމަކީ ސްކޫލް ދައުރުގައި ވެސް ކިޔަވައި ދިނުމަށް ވަރަށް ޝައުގުވެރިކަން ހުރި ދަރިވަރެކެވެ. އަތޮޅު ތައުލީމީ މަރުކަޒުން ސާނަވީ ތައުލީމު ޙާޞިލުކުރުމަށްފަހު މަތީ ތައުލީމު ހާސިލް ކުރީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުންނެވެ. މަތީ ތައުލީމު ނިންމުމަށްފަހު ވަގުތީ ގޮތުން ނިޝާމް ވަނީ އދ.އޮމަދޫ ސްކޫލުގައި ޓީޗަރެއްގެ މަގާމު އަދާކޮށްފައެވެ. މި ކަމުގެ ތެރޭގައި އުޅެމުން ދިޔައިރު އޭނާގެ ހިތް މި ދާއިރާއަށް ލެނބެމުން ދިޔައެވެ.
ޑިޕްލޮމާ އޮފް ޓީޗިންގް ސެކަންޑަރީ އިކޮނޮމިކްސް ހެދި ހިސާބުން ނިޝާމްގެ ފަންނީ ދިރިއުޅުމުގެ މަގުތަށް ކޮށެން ފެށިއެވެ. އެގޮތުން 2011 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބުކަމާއެކު ބެޗްލާސް އޮފް ޓީޗިން ސެކަންޑަރީ އެކައުންޓް އެންޑް އިކޮނޮމިކްސް ފުރިހަމަކޮށްފައެވެ. އަދި ހަމައެހެންމެ 2017 ވަނަ އަހަރު އޭނާ ވަނީ މާސްޓަރ އޮފް އެޑިއުކޭޝަން ފުރިހަމަ ކޮށްފައެވެ. ނިޝާމަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރައްވައި، ކުދިންނަށް ފިލާވަޅުތައް އުނގަންނަވައި ދެއްވުމާއިއެކު އެދާއިރާގެ އިސް މަގާމުތައް ފުރުއްވައި، އެތައް ބަޔަކަށް ނަމޫނާ ދައްކަމުންދާ ބޭފުޅެކެވެ. އޭނާގެ ލީޑަރޝިޕްއާއި ދުރުވިސްނޭ ގޮތަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އޯލެވެލްގެ ގަދަ ދިހައެއްގައި އެރަށު ސްކޫލުން ކިޔަވާ ކުދިން ހިމެނެމުންދެއެވެ. މިއީ ނިޝާމަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހަމަ އެހެންމެ ނިޝާމަކީ ގިނަ ޓިޗަރުންނާއި، ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ލޯބި ހޯދަމުން އަންނަ މީހުން އިހްތިރާމްކުރާ މީހެކެވެ.
ތުއްތު އުމުރުގައި ހިތުތެރޭގައި އުފެދުނު ޝައުގެއްގެ ސަބަބުން މިއަދު ނިޝާމް ވަނީ މުޅި އޮމަދޫގައި ހުރި އެންމެ ތަޢުލީމީ އަދި ކާމިޔާބު އެކަކު ކަމުގައި ވެފައެވެ.