1988 ނޮވެމްބަރ 3 ވީ ބުރާސްފަތި ނުވަތަ ބަޑި ބުރާސްފައްޗަކީ ދިވެހިރާއްޖޭގެ ހަމަހިމޭންކަން ނަގާލައި މިނިވަންކަން ފޭރިގަންނަން މަސައްކަތް ކުރި ދުވަހެކެވެ. ހުރިހާ ދިވެހީންގެ ހިތްތައް ހަލަބޮލިކޮށްލައި ބިރުވެރިކަން ވެއްދި ދުވަހެކެވެ. ދިވެހި ބިމުގެ ދަހިވެތިކަމުގައި ދިވެހި ޚާއިނުންތަކެއް ލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއް ކަމަށްވާ ޕްލޯޓް (PLOTE) ޖަމާއަތުގެ 80 ވަރަކަށް މީހުން ގޮވައިގެން އައިސް ދިވެހިންގެ ލޭ އޮހޮރުވި ދުވަހެކެވެ. އެއީ އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ.
ނޮވެމްބަރ ތިނެއްގެ އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު އިސްވެ ތިބެ ރޭވިހަމަލާއެކެވެ. މި ހަމަލާ ދިނީ އިތުރު ދިވެހީންނާއި ޕްލޯޓް ޖަމާއަތުގެ މީހުން ގުޅިގެންނެވެ. ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިނާއެކު ސްރީލަންކާއިން ފުރީ 29 އޮކްޓޯބަރ 1988 ގައެވެ. ނޮވެމްބަރ ތިންވަނަ ދުވަހުގެ މެންދަމުގެ 3:30 ކަންހާއިރު އެމީހުންގެ ބޯޓު “T-52" ގާދޫކޮލުން ވަދެގެން އައިސް މާލޭގެ އުތުރު ފަރާތުގައި އޮންނަ ފާލަމާ ކައިރިކުރި އިރު ފަތިހު 4:00 ޖަހައިފިއެވެ. މި މީހުންގެ ރޭވުމަކީ ސިފައިންގެ މައި މަރުކަޒު ހިފައި ދިވެހިރާއްޖެއަށް ވެރިވެގަތުމެވެ.
މާލެއަށް ލިބިފައިވާ ހަމަހިމޭންކަން ބިރުވެރިކަމަށް ބަދަލުކޮށްލީ ބުރާސްފަތި ދުވަހުގެ ފަތިހު 4:15 ކަން ހާއިރު ސިފައިންގޭގެ މައިގޭޓުގެ ހުޅަނގު ޑިއުޓީގައި ހުރި ހދ. ކުދުއްފުށީ/މާވާގެ، ޙުސައިން އާދަމަށް އަމާޒުކޮށްފައި ޖެހި ބަޑީގެ އަޑުންނެވެ. އެވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދީނާއި ޤައުމަށް ޓަކައި ބަޑިން ރައްދު ހަމަލާދޭން ފެށިއެވެ. އެއާއެކު ދެފަރާތުން ބަދަލުކުރަމުންދިޔަ ހަމަލާގެ އަޑުފައްގަނޑުން މުޅި މާލެތެރެ ގުގުމާލިއެވެ. އަދި ސިފައިންގެ މަރުކަޒުގައި ތިބި ސިފައިންނަށް ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރުވާނެ ވަގުތާއި ފުރުސަތު ހޯދައި ދިނެވެ. ދުޝްމަނުންގެ ރޭވުމާ އެއްގޮތަށް ސިފައިންގެ މައި މަރުކަޒަށް ވަދެ ހަމަލާތައް ދީ، އެތަން ހިފުމުގެ ރޭވުންތައް ނާކާމިޔާބުކޮށްލިއެވެ. ދިވެހި ސިފައިންގެ މައި މަރުކަޒުގައި ތިބި ސިފައިންގެ މަސައްކަތުން ކުއްލި ހަމަލާތަކެއް ދުޝްމަނުންނަށް ދޭންފެށުނެވެ.
އެ ހަމަލާއާއި ގުޅިގެން، ސިފައިންގެ މައި މަރުކަޒުގެ ހުޅަނގުދެކުނު ފާރުގައި އެކްސްޕޮލޯސިވް ބޭނުންކޮށްގެން ދުޝްމަނުން ބޮޑު ބާގަނޑެއް ހެދިއެވެ. ނަމަވެސް ދިވެހި ސިފައިންގެ މައި މަރުކަޒު ތެރެއިން ކެނޑިނޭޅި ވަރުގަދަ ހަމަލާތަކެއް ދެމުން ގެންގޮސްފައިވާތީ ދުޝްމަނުންނަށް އެތެރެއަށް ވަދެވޭގޮތެއް ނުވިއެވެ. އަދި ދިވެހި ސިފައިންގެ ތެރެއިން ހިތްވަރުގަދަ ބައެއް ސިފައިން، ފައިމަގުގައި ނުކުމެ ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކުން ދުޝްމަނުންގެ ސަފުތައް ފަހަތަށް ޖައްސާ، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދިއެވެ. އަދި ދިވެހި ސިފައިންގެ ހަމަލާއިން އެމީހުންގެ ކޮމާންޑަރ ވެސް ވަނީ މަރުވެފައެވެ. އެންމެފަހުން ދުޝްމަނުން، އާންމު ރައްޔިތުންގެ ބައެއް މީހުންނަށް ބަޑިން ބިރުދައްކައިގެން އެމީހުން ގެނެސް އައްޑަނައިގެ ގޮތުގައި ބޭތިއްބިއެވެ. މިގޮތަށް ކަންތައް ކުރުމުން ދުޝްމަނުންނަށް ހަމަލާދޭން ދިވެހި ސިފައިންނަށް، އުނދަގޫ ވެގެންދިޔައެވެ.
ދުޝްމަނުންގެ ހުރިހާ ރޭވުމެއް ނާކާމިޔާބު ވަމުންދިޔައެވެ. މީހުންތައް މަރުވެ ދުޝްމަނުން ބަލިކަށިވަމުން ދިޔައެވެ. އެހެންކަމުން ފިލައިގެންދާނެ ގޮތަކާ ބެހޭގޮތުން އެމީހުން މަޝްވަރާ ފެށިއެވެ. އަދި އެމީހުން ފުރައިގެންދާއިރު ރަހީނުންގެ ގޮތުގައި ބައެއް ދިވެހިން ގެންދިއުމަށް ނިންމިއެވެ. އެގޮތުން މާލޭ ބަނދަރުން ބޯޓެއް އަތުލައިގަނެގެން އެމީހުންގެ ދެވަނަ ބޯޓު ޕްރޮގްރެސްލައިޓަށް ރަހީނުންނާއެކު ދިޔައެވެ. އިންޑިޔާ ސިފައިން، ދިވެހި ސިފައިންނަށް އެހީތެރިވުމަށް އައިސް އުޅޭކަށް އެނގުމާއެކު އަވަސްއަރުވާލާފައި އެމީހުން ފުރިއެވެ. އެހެންނަމަވެސް އިންޑިޔާއިން ފޮނުވި ސިފައިންގެ މަނަވަރު ދުޝްމަނުންގެ ބޯޓާއި ގާތްކޮށް އަމާންދީ މަޑުކުރުމަށް އެންގިއެވެ. އޭގެބަދަލުގައި އެވަގުތު ރަހީނުންގެ ގޮތުގައި ތިބި މީހުންގެ ގަޔަށް ބަޑި ޖަހައި މަރަމުން މޫދަށް އުކަމުން ދިޔައެވެ. އެހެންކަމުން އިންޑިޔާގެ މަނަވަރުން ދުޝްމަނުންގެ ބޯޓަށް ވަރުގަދަ ހަމަލާތަކެއްދީ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އަދި ދުޝްމަނުންގެ ބޯޓާއި އޭގައި ތިބި މީހުންނާއެކު މާލެ ގެނައެވެ.
މިއީ އަހަރެމެންގެ ލޯބިވާ ޤައުމާއި، ދީނާއި މިނިވަންކަމާ ކުޅެލަން މަސައްކަތްކުރި ބައެއް ދިވެހިންގެ ނުބައި ރޭވުން މާތްﷲ ނާކާމިޔާބުކޮށްލައްވައި ދިވެހިންނަށް ނަޞްރު ދެއްވި ދުވަހެވެ. އެ ދުވަހު ހުރިހާ ދިވެހި ސިފައިން ތިބީ ޤައުމާއި ވަޠަނަށް ޓަކައި ފަސްޖެހުމެއްނެތި ޝަހީދުވާން ތައްޔާރުގައެވެ. އަހަރެންމެންނަށް ނަޞްރު ލިބުނީ އެތައް ދިވެހި ދަރިންނެއްގެ ލޭ އޮހޮރުވާފައެވެ. އެތައް އާއިލާތަކެއް ރޮއްވާފައެވެ. އެ ޝަހީދުވި ދިވެހި ދަރީންނަކީ އަހަރެމެން ތާއަބަދު ހަނދާން އާ ކުރަންޖެހޭ ފަރާތްތަކެކެވެ. ފުރާނައަށް ބެލުމެއްނެތި ދުޝްމަނުންގެ ހަމަލާތަކުގެ ކުރިމަތީގައި ދިވެހި ޤައުމަށް ޓަކައި އެދަރިން ދެއްކި ހިތްވަރާއި ފަންވަރަށް އަހަރެމެން ކެނޑިނޭޅި ޝުކުރު އަދާކުރަން ޖެހެއެވެ. އަހަރެންމެންގެ ޅަ ދަރިންނަށް އެ ދުވަހަކީ ކިހާ މުހިންމު ދުވަހެއްކަމާއި، އެ ދުވަހު ހިނގާދިޔަ ހާދިސާ ދަސްކޮށްދޭން ޖެހެއެވެ.