ސްޓަޑީ ކޭމްޕެއް ބާއްވާފިއެވެ. މިއީ ބިޒްނަސް މާއްދާއަށް ޚާއްސަކޮއްގެން ބޭއްވުނު ކޭމްޕެކެވެ. މި ކޭމްޕަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕެއްކަންވެސަ ފާހަގަ ކޮއްލަމެވެ.
މިފަހަރުގެ ކޭމްޕްގައި މި އަތޮޅުން ކުނބުރުދޫ ސްކޫލު ގްރޭޑް 10 ގެ ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ. އެގޮތުން މުޅި އެކު 15 ދަރިވަރުން ބައިވެރި ވެފައިވާ މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ އޯގަސްޓް 16 ވަނަ ދުވަހާ ހަމައަށެވެ.
ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ، މިކޭމްޕްގަ މާއްދާ އާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ދަރިވަރުންނަށް ހިއްސާކޮށް އުފާވެރި ވަގުތުތަކެއް ދަރިވަރުން ހޭދަކުރިއެވެ. ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ތަޖުރިބާކާރު މުދައްރިސެކެވެ. ޖުމްލަކޮށް ބަލާއިރު މިއީ ވަރަށް ބޭނުންތެރި އަދި ކާމިޔާބު ކޭމްޕެއްކަން ފާހަގަކުރެވުނެވެ.

